navLogo

މިއަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން

މިއަހަރުގެ މިހާތަނަށް 1.7 މިލިޔަން ފަތުރުވެރިން
social media
މަރިޔަމް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިޔަނަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، %10 އިތުރު އަދަދެކެވެ.ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ގެ ނިޔަލަށް ރާއްޖެއަށް 1,701,785 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިދިޔަ އހަަރުގެ މި މުއްދަތަުގައި ރާއްޖެއަށް އައިސްފައިވަނީ 1,546,319 ފަތުރުވެރިންނެވެ.ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 11 ދުވަސްތެރޭ ރާއްޖެއަށް ވަނީ 65,296 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 54,292 ފަތުރުވެރިންނާ އަޅާ ބަލާއިރު، %20 އިތުރު އަދަދެކެވެ.ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ގައުމަކީ:

ޗައިނާ:279,690ފަތުރުވެރިން ރަޝިއާ: 208,329 ފަތުރުވެރިން* އިނގިރޭސިވިލާތް: 149,424 ފަތުރުވެރިން* ޖަރުމަނުވިލާތް: 120,922 ފަތުރުވެރިން* އިޓަލީވިލާތް: 106،230 ފަތުރުވެރިން

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356